ޚަބަރު

ފައްސިވި މާބަނޑު މީހާ ވިހޭ ދަރިފުޅު ކޮވިޑަށް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަށް ފައްސިވިވި މާބަނޑު މީހާ ވިހޭ ދަރިފުޅު ބައްޔަށް ނައްސި ވެއްޖެއެވެ.

Ads by STELCO

އެ އަންހެން މީހާ ބައްޔަށް ފައްސިވިކަން އެނގިފައިވަނީ އައިޖީއެމްއެޗަށް ގެންދިޔުމުން، އެ ހޮސްޕިޓަލުގައި އޮންނަ އުސޫލުގެ ތެރެއިން ނެގި ސާމްޕަލަކުންނެވެ. އެއާއެކު އެމީހާ ވަނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ އަންހެން މީހާ ވިހޭ ދަރިފުޅު ބައްޔަށް ނައްސި ވެފައިވާ ކަމަށެވެ.

އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ވިހޭތާ އެއް މަސް ނުވާ ކުޑަ ކުއްޖަކުވެސް ވަނީ ފައްސި ވެފައެވެ. އަދި މީގެކުރިން ހަތް މަހުގެ ކުއްޖަކު ވެސް ވަނީ ބައްޔަށް ފައްސި ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 1078 މީހަކު ފައްސި ވެފައިވާއިރު، އޭގެތެރެއިން 49 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!