ގެސްޓްހައުސްތަކުން %80 މީހުން މާސްކް އަޅާ

ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާސްކު އަޅަނީ 80 އިންސައްތަ މީހުން ކަމުގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.
އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެސްޓްހައުސްތަކުގައި އުޅޭ މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން 4 މީހަކު މާސްކް އަޅާކަން ފާހަގަކުރައްވައި އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހީމް އަފްސަލް ވިދާޅުވީ އަދިވެސް މާސްކް އަޅާ މީހުންގެ ޢަދަދު އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ. އަފްސަލް ވަނީ މިކަމަށް ރައްޔިތުންގެ އަދިވެސް އިތުރަށް ސަމާލުކަން ދީ މާސްކު އެޅުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތައް އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީ އިން ދީފައިވާއިރު މިހާތަނަށް 109 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓުއަރިޒމް މިނިސްޓްރީން ވަނީ ދީފައެވެ.
ގެސްޓް ހައުސް ހިންގާ ހުރިހާ ރަށެއްގައި މާސްކު އެޅުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފައެވެ.