ޚަބަރު

މެންބަރުންނާއި އިސްވެރިންގެ މުސާރަ ކުޑަކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތައް އަނެއްކާ ވެސް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

Ads by Sosun Fihaara

މީގެ ކުރިން ވެސް ވަނީ ކޮވިޑް19 އާއި ގުޅިގެން އިގްތިސާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީ މި އިސް މަގާމުތަކުގެ މުސާރަތައް މިދިޔަ މާޗު މަހާއި އޭޕްރީލް މަހަށް ވަނީ 20 ޕަސެންޓް ކުޑަކޮށްފަ އެވެ.

މިއަދު ވެބް ކޮންފެރެންސް މެދުވެރިކޮށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުން ކުރިން ހުށަހަޅައިގެން އިސް މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓް އުނިކުރި މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރައިން އުނި ކުރުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

އެގޮތުން ކޮމިޓީން މިއަދު ފާސްކުރީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އެ ގޮތަށް މުސާރަ ކުޑަ ކުރާނީ މި މެއި މަހަށާއި އަންނަ ޖޫން މަހަށާއި ޖުލަ މަހަށް ކަމަށް ކޮމިޓީން ނިންމި އެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރި ނަމަވެސް ފާސްކުރި ގޮތުގެ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ގެންގޮސް، މަޖިލީހުގެ ތަޅުމުގައި ރިޕޯޓަށް ބަހުސް ވެސް ކުރުން އޮންނާނެއެވެ. އަދި ކޮންމެ މެންބަރަކަށް ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނއިރު ގޮތް ނިންމާނީ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!