ޚަބަރު

މަލީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމުގެ ކުރިން ރައީސް ސޯލިހުގެ ލަފާ ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުން ލަސްވަނީ އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފައެއް ހޯދަން އެދިފައި ވާތީ ކަމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މަލީހް ޖަމާލަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވަނީ ފާސްކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީޙުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްދިނުމަށް އެދި 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕީޖީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމްއެވެ.

އަދި މަލީހުގެ އިތުބާރު ނެތް ކަމަށް ޕީޖީ ގުރޫޕުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ މަހުގެ 22 ވަނަ ދުވަހުއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމި ދުވަހުގެ ޖެހިގެން އައި ދުވަހު އެކަމާމެދު ރައީސް ސޯލިހުގެ ހިޔާލެއް ހޯދަން ފޮނުވިފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅުން ލަސްވަނީ އެ ސަބަބާ ގުޅިގެން ކަމަށެވެ.

"މިއީ ސީދާ އަޅުގަނޑުމެންގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސްގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ޓީކެޓުގައި ހުންނެވި ބޭފުޅެއް. އެހެންވީމާ، ރައީސްގެ ކެބިނެޓުގައި ހުންނެވި ވަޒީރަކަށް ރައީސަށް ނުދަންނަވާ އެއްވެސް ކަމެއް ކުރުން ނުވަތަ ވަކި ކުރުމަކީ އަޅުގަނޑުމެން ކަންކުރާ ގޮތް ނޫން ކަމަށްވާތީ، އެކަން ސިޓީއަކުން ރައީސަށް ފޮނުވާފައި ވަނީ،" އާޒިމް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!