އިތުރު 7 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ
ރާއްޖެއިން އިތުރު 7 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 09:30 އާ ހަމައަށް ރާއްޖެއިން އިތުރު 7 މީހަކު ފައްސިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 2 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެކެވެ.
މީގެ އިތުރުން ވެސް މިރޭ ވަނީ އިތުރު 5 ބިދޭސީން ކޮވިޑް19 އަށް ފައްސިވެފައެވެ.
✳️ COVID-19 Case Updates
As of 09:30pm:
Confirmed an additional 07 cases of COVID-19 infection in Maldives.
Cases:
- 01 Bangladeshi
- 05 Maldivians
- 01 IndianTotal number of cases: 1,090
— Health Protection Agency (@HPA_MV) May 17, 2020
އެއާއެކު ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި މީހުންގެ އަދަދުވަނީ ޖުމްލަ 1090 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 59 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ. އަދި މި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ.