ޚަބަރު

ފްލައިން ސްކޫލް މައްސަލައިގައި މަޖިލިހަށް ސިޓީ ފޮނުވަން ރައީސް ނަޝީދު އަންގަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވަން އެމަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި ދަރިވަރަކު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެދަރިވަރު ކުރި ސުވާލުގައި ފާހަގަ ކޮށްފައިވަނީ ސްކޫލްގެ މިހާރުގެ ހާލަތާއި، ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުނު ނަމަވެސް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ ރައީސް ނަޝީދު އެއްޗެއް ވިދާޅު ނުވާކަމެވެެ. އަދި މަޖިލީހުން އިސްނަގައިގެން މި މައްސަލަ ބަލައިދޭން ދަރިވަރު އެދިފައިވެއެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ސިޓީއެއް ފޮނުވައިފިނަމަ އެކަން ބަލާނެ ކަމަށާއި މިހާތަނަށް ސިޓީތައް ފޮނުވިފައި ހުރީ ސަރުކާރުގެެ މުއައްސަސާތަކަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާއަކީ ވަކި މުއައްސަސާއެއް. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ސިޓީތަކާއި އަދި ހުށަހެޅޭ ކަންކަން ވެސް އިރާދަކުރެއްވިއްޔާ މަޖިލީހުން ބަލާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!