ޚަބަރު

ފްލައިން ސްކޫލް ދަރިވަރުންނަށް މަޖިލީހުން ހައްލެއް ހޯދަން މަސައްކަތް ކުރާނަން: އާދަމް ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފްލައިން ސުކޫލުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ރިޕޯޓެއް ހިއްސާކޮށް އާދަމް ޝަރީފް ވިދާޅުވީ ފްލައިން ސްކޫލްގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލައަކީ ކޮންމެހެެން ވެސް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

"ކިޔަވާ ދަރިވަރުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ބޭނުންވޭ. މި މައްސަލައަށް މަޖިލިސް ތެރެއިން ދާއިމީ ފަރުވާއެއް ހޯދަން މަސައްކަތް ކުރާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައިވާއިރު އެގޮތުން ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރުމާއި، ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރަމުން ދިޔުން ހިމެނެއެވެ. އެކަމާ ގުޅިގެން އެ ސްކޫލާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ނިންމާފައެވެ.

އަދި ދަރިވަރުންގެ ފީ ޑޮލަރުން ނަގާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!