ޚަބަރު

ފަރީދީ މަގުގައި އޮތް ކާރެއް ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަރީދީ މަގުގައި ޕާކްކޮށްފައި އޮތް ކާރެއްގެ ޑިކީގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ފުލުހުން ހަރަކާތްތެރި ވެއްޖެއެވެ.

Ads by STELCO

ފަރީދީމަގު އެފްޑީއައި ކައިރީ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި ވާއިރު އެ ކާރު ފުލުހުން ބަލައި ފާސްކުރީ ހަ މީހެއްގެ ހާޒިރުގައެވެ.

އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ ކާރުގެ ޑިކީގެ ތެރޭގައި ދެ ގޯނި ހުރިތަން ފެނުނު ކަމަށް އެނގިފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ޓްވީޓެއް ކުރައްވައި ވިދާޅުވީ، ފަރީދީމަގުގެ ބޮޑު ބައެއް ފުލުހުން ބަންދުކޮށްފައި ވަނީ ރާއްޖެ ސުމަގުލްކޮށްފައިވާ ކަމަށް ބެލެވޭ މަސްތުވާތަކެތި އެ ސަރަހައްދުގައި އޮތް ކާރަކުން ފެނިގެން ފޮރެންސިކް ތަހުލީލުތަކެއް ކުރުމަށްޓަކައި ކަމަށެވެ.

މިއީ ފުލުހުންގެ އެކި ޔުނިޓްތައް ގުޅިގެން ކަނޑާއި އެއްގަމުގައި ހިންގި އޮޕަރޭޝަނެއްކަން ފާހަގަ ކުރައްވާ ކޮމިޝަނަރު ވިދާޅުވީ އެ އޮޕަރޭޝަންގައި ޑްރަގު ނެޓްވޯކެއްގައި ހިމެނޭ 10 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!