ލޭ ހަދިޔާކޮށްގެން އެއް ކިލޯގެ ކުކުޅެއް

އިންޑިއާގެ ހޮސްޕިޓަލަކުން ލޭ ހަދިޔާ ކުރާ ކޮންމެ މީހަކަށް އެއް ކިލޯގެ ކުކުޅު ނުވަތަ ޕަނީރު ޗީޒް ލިބޭ ކެމްޕެއިނެއް ފަށައިފިއެވެ.
އިންޑިއާގެ ބްރިހަން މުމްބާއީ މުނިސިޕަލް ހޮސްޕިޓަލުން ފެށި މި ކެމްޕެއިނަކީ ކޮވިޑް-19 އާ ގުޅިގެން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ޕްރޮޓެއިން އެކުލެވޭ ކާނާ ގިނައިން ކެއުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ ފަށާފައިވާ ކެމްޕެއިނެކެވެ.
ލޭ ހަދިޔާ ކުރުމުގެ މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގެ މަހުގެ 13 ވަނަ ދުވަހުއެވެ.
އެދުވަހުގެ ހެނދުނު 10 އަކުން މެންދުރު ފަހު 2 އަކަށް ކުރިއަށްގެންދާ މި ކޭމްޕްގައި މިހާތަނަށް 300 އަށްވުރެ ގިނަ ޑޯނަރުން ވަނީ ރެޖިސްޓްރީވެފައެވެ.
ހޮސްޕިޓަލުން ބުނާ ގޮތުގައި އެ ހޮސްޕިޓަލުގެ އަމާޒަކީ 1000 ޔުނިޓުގެ ލޭ ހަދިޔާ ކުރުމެވެ.