ދުނިޔެ

ބާސެލޯނާގެ ހައިވާނު ބަގީޗާއެއްގައި ގެންގުޅޭ 4 ސިންގާއެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސްޕެއިންގެ ސިޓީއެއް ކަމަށްވާ ބާސެލޯނާގެ ހައިވާނު ބަގީޗާއެއްގައި ގެންގުޅޭ 4 ސިންގާއެއް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް އެތަނުގެ ޖަނަވާރުތަކަށް ފަރުވާ ދޭ ފަރާތުން ބުނެފިއެވެ.

Ads by Sosun Fihaara

ސިންގާ ފަދަ ވަލު ޖަނަވާރު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ބުނާ އެހެން ހަބަރުތަކެއް ވެސް މީގެ ކުރިން އަޑުއިވިފައި ވެއެވެ.

ބާސެލޯނާގެ ހައިވާނު ބަގީޗާއިން ފައްސިވީ 3 އަންހެން ސިންގާ އާއި ފިިރިހެން ސިންގާއެއް ކަމަށް ރިޕޯތްތައް ބުނެއެވެ. އެގޮތުން އަންހެން ސިންގާ ތަކުގެ ނަމަކީ ޒަލާ، ނިމާ އަދި ރަން އެވެ. އަދި ފިރިހެން ސިންގާގެ ނަމަކީ ކިއުމްބޭ އެވެ.

މި ހަތަރު ސިންގާ ވެސް ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެ އެއްޗެހީގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމަށްފަހުގައި ކަމަށް އެ ޖަނަވާރުތަކަށް ފަރުވާދޭ ޓީމުން ބުނެއެވެ. އަދި ފަރުވާދޭ ޓީމުގެ ތެރެއިން ވެސް 2 މުވައްޒަފުން ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސިންގާތަކަށް ކޮވިޑް-19 ޖެހުނު ގޮތް ބެލުމަށް ޓަކައި ތަހުގީގެއް ކުރަމުންދާއިރު މިހާތަނަށް އެއްވެސް މީހަކަށް އޭގެ ސަބަބެއް ނޭނގެއެވެ.

ނިއު ޔޯކްގެ ބްރޯންކްޒް ޒޫ އިން ވެސް 4 މިނިކާވަގަކާއި 3 ސިންގާއެެއް ވެސް އޭޕްރީލް މަހުގައި ކޮވިޑް-19 އަށް ފައްސިވިއެވެ. ނަމަވެސް މިހާރު އެ ޖަނަވާރުތައް ވަނީ ބަލިން މުޅިން ސަލާމަތް ވެފައެވެ. ބާސެލޯނާގެ ޖަނަވާރުތަކަށް ފަރުވާ ދޭ ޓީމުތަކުން ވަނީ ނިއުޔޯކްގެ މި ހައިވާނު ބަގީޗާގެ ފަރުވާދޭ ޓީމާ ވާހަކަ ދައްކާފައެވެ.

މި ސިންގާތަކާ ހައިވާނު ބަގީޗާގައި ދިރިއުޅޭ އެހެން ޖަނަވާރުތަކާ ކޮންޓެކްޓް ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!