ޚަބަރު

ބިރުވެރިކަން އަދިވެސް އިންތިހާއަށް، މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ފައްސިވީ މިއަދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ރޯޅި މުޅި ދުނިޔެ، މައިތިރިކޮށްލާފައިވާއިރު، ބައެއް ޤައުމުތަކުންދަނީ އެޤައުމުތަކުން މީގެ ކުރިން އަމަލު ކުރަމުންދިޔަ ފުރަބަންދު (ލޮކްޑައުން) އުވާލާ، ނިއު ނޯމަލް އަކަށް ގޮސްފައެވެ. މިއާއެކު، އަނެއްކާވެސް ކޮވިޑްގެ ނުރައްކާ މިވަނީ މުޅި ދުނިޔެއަށް ބޮޑުވެފައެވެ. މިގޮތުން މިއަދު ފާހަގަކޮށްލެވިފައިވަނީ މުޅި ދުނިޔެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެއްގެ ގޮތުގައެވެ.

Ads by STELCO

ޑަބްލިއުއެޗްއޯ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މިއަދު އެކަނިވެސް 106000 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.. މީގެ ކުރިން އެއް ދުވަސް ތެރޭގައި މިހައި ގިނަ މީހުން ކޮވިޑް-19 އަށް ފައްސި ވެފައެއް ނުވެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 5 މިލިޔަންއަށްވުރެ ގިނަ މީހުން ކޮވިޑަށްވަނީ ފައްސިވެފައެވެ. އަދި މިބަލި ޖެހިގެން މިހާތަނަށް، 327,384 މީހުންވަނީ މަރުވެފައެވެ. އަދި 1,995,837 މީހުންނަށް ބަލިން ޝިފާވަނީ ލިބިފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވަނީ، އެމެރިކާއިންނެވެ. މިގޮތުން އެމެރިކާއިން އެކަނި 1.5 ލައްކަ މީހުންނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!