ޚަބަރު

ޔާމީންގެ އުފަންދުވަހު އިދިކޮޅުގެ މެސެޖު: ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް!

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އިދިކޮޅި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަކުރަމުންދާއިރު މުޅި ގައުމު އެދި ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ. އަދި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"ރައީސް ޔާމީނަށް ލިބެމުންދާ ނުހައްގު އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ،" ބަޔާނުގައިވެ އެވެ.

ކޯލިޝަނުން ބުނީ ރައީސް ޔާމީން މިނިވަންކޮށް، ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރަށް އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގެ މަތީގައި ސާބިތުވެ ތިބޭނެ ކަމަށެވެ.

މީގެ އިތުރުން ހައިކޯޓުގައި އޮތް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިިކުފާނު ގޭބަންދަށް ބަދަލުކުރުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!