ބޮލީވުޑް މުނިފޫހިފިލުވުން

ކޮރިއޮގްރަފަރ ރެމޯ ޑި ސޫޒާ އަށް ހާޓް އެޓޭކެއް ޖެހި އައިސީޔޫގައ ފަރުވާ ދެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ކޮރިއޮގްރަފަރ، ޑާންސަރ އަދި ޑައިރެކްޓަރ ރެމޯ ޑި ސޫޒާ އަށް ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯދަމުން އެބަދެއެވެ.

Ads by Sosun Fihaara

އިއްޔެ ގެ ވަގުތެއްގައި ރެމޯ އަށް ހާޓް އެޓޭކެއް ޖެހިފައިވާއިރު، އޭނާއަށް ފަރުވާ ދެމުން އަންނަނީ މުމްބައިގެ ކޮކިލަބެން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ރެމޯ ގެ އަންހެނުން ލިޒޭލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރެމޯ ގެ އެންޖިއޮގްރަފީއެއް އިއްޔެ ހަދާފައިވާ ކަަމަށާއި، މިހާރު އޭނަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ރެމޯ ގެއަށް ދޫކޮށްލަނީ ކޮން އިރަކުތޯ މީހަކު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ލިޒޭލް ބުނީ އެކަމުގެ ތަފްސީލް އެނގޭނީ މާދަމާ ކަަމަށެވެ.

ސުޕަހިޓްވި ފިލްމުތައް ކަމަށްވާ "އޭބީސީޑީ" އާއި "އޭބީސީޑީ 2" އަދި "ސްޓްރީޓް ޑާންސަރ 3ޑީ" އުފައްދާފައިވާ ރެމޯ ގެ ހާލު ރަނގަޅުވަމުން އަންނާތީ އުފާކުރާ ކަމަށާއި އަވަހަށް ރަނގަޅު ވުމަށް އެދޭ ކަމަށް ބުނެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ވެސް ވަނީ އިންސްޓަގްރާމް ގައި ޕޯސްޓެއް ކޮށްފައެވެ. އަދި އޭނާގެ ގާތް ދެ އެކުވެރިން ކަމުގައިވާ ގީތާ ކަޕޫރާއި ޓެރެންސް ލުއިސް ވެސް ވަނީ ރެމޯ އަށް ހެޔޮ ދުއާކޮށް ޕޯސްޓު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!