ބޮލީވުޑް މުނިފޫހިފިލުވުން

ޓައިގަރ ޝްރޮފްގެ ގާތުގައި އަންހެން ކުއްޖަކު އިންނަން އެހުމުން ދިނީ ވަރަށް މޮޅު ޖަވާބެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޓައިގަރ ޝްރޮޕް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ އަކީ އޭނާގެ ދުޅަހެޔޮ ހަށިގަނޑުގެ ސަބަބުން ގިނަ އަންހެން ކުދިންތަކެއްގެ ހިތްތައް ކަތިލަމުންދާ ހުނަރުވެރި ފަންނާނެކެވެ. ގިނަ ބައެއްގެ ފޭވަރިޓެވެ،

Ads by Sosun Fihaara

ޓައިގަރ ޝްރޮފްއާ ކައިވެނީގެ ގޮތުން އަދި ލޯބީގެ ގޮތުން ގުޅެން ބޭނުންވާ އެތައް އަަންހެން ކުދިންނެއް އުޅޭނެ ކަން ވެސް ގައިމެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޓައިގަރ މިވަނީ އޭނާގެ ފޭނުންނަށް އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ މި ފުރުސަތުގެ ބޭނުން ހިފައި ޓައިގަރއާ ސުވާލުތައް ކުރަމުންނެވެ.

އޭނާގެ ގިނަ ފޭނުން އޭނާއަށް ތައުރީފް އޮއްސަމުން ވެސް އެބަ ގެންދެއެވެ. އެ ހުރިހާ ސުވާލުތަކެއްގެ ތެރެއިން ވެސް ހާއްސަ ސުވާލެއް ވެއެވެ. އެ ސުވާލު އަހާފައި ވަނީ އިނގިރޭސި ވިލާތުގެ އަންހެނެއް ކަަމަށް ބެލެވެއެވެ. ސުވާލުގައި ވަނީ އޭނާއާ ކައިވެނި ކުރުމަށް އެދިފައެވެ. އަދި ކައިވެނި ކޮށްގެން އިނގިރޭސި ވިލާތަށް އައުމަށް ވެސް އެދިފައި ވެއެވެ.

މި ސުވާލަށް ޓައިގަރ ދީފައިވަނީ ވަރަށް މޮޅު ޖަވާބެކެވެ. ކުޑަދުވަސްކޮޅެއްގެ ފަހުން ކައިވެނި ކުރެވިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ ޓައިގަރ އަަށް އެ އަންހެން ކުއްޖާއަށް ސަޕޯޓް ކުރެވޭ ވަރު ވުމުން ކަމަށާއި އަދި ކައިވެންޏެއް ކުރުމުގެ ކުރިން ދަސްކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ޓައިގަރ ބުނެފައިވެއެވެ.

ޓައިގަރގެ މި ސުވާލުން ގިނަ ބަޔަކު ތިބީ އާޝޯހު ވެސް ވެފައެވެ. މިހާރު ވެސް ގިނަ ބަޔަކު އަންނަނީ ޓައިގަރއާ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ސުވާލު ކުރަމުންނެވެ. މިރޭ ގާތްގަނޑަކަށް 8 ޖެހުމާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!