ޚަބަރު

ރައުދާގެ މަރު: ބައްޕަގެ ތުހުމަތުތައް ކެރަފާ ޢާއިލާއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ރާޖްޝާހީގައި މެޑިސިން ކިޔަވަން ގޮސް ހުއްޓާ މަރުވެފައިވާ ރައުދާ އާތިފްގެ މަރާ ގުޅޭގޮތުން އޭނާގެ ބައްޕަ ކެރަފާ ޢާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

Ads by MWSC

ރައުދާގެ ބައްޕަ މުޙައްމަދު އާތިފް އިއްޔެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަރަތެއް ނޫން ކަމަށާއި ދެވަނަ ބޮޑު ހަނގުރާމައިގައި ޖަފާނުގެ މިލިޓަރީ ޖެނަރަލުން އަންހެނުންގެ އިއްފަތް ފޭރުންފަދަ އިންސާނިއްޔަތާ ހިލާފު އަމަލުކޮށްފައި ތިބޭ މީހުން މިއަދު އުމުރުން ދުވަސްވެ 85 ވެފައި ވާއިރު ވެސް އެމީހުންނާމެދު ފިޔަވަޅު އަޅާ ކަމަށެވެ. ނަމަވެސް މިޤައުމުގައި "ވަކި ބަޔަކު" ކުރާ ކަމެއް ނުބެލޭނެ ކަމަށް ވެސް ޑރ. އާތިފް ވިދާޅުވިއެވެ.

ޑރ. އާތިފް ވިދާލުވީ އޭނާއަކީ، ރައުދާ މަރާފައިވާކަން ނޭނގޭވަރުގެ މީހެއް ނޫން ކަމަށާއި އޭނާ ޑޮކްޓަރުކަން ކިޔެވީ އިންޑިއާގެ ޓޮޕްޓެން މެޑިކަލް ކޮލެޖަކުން ކަމަށެވެ.

"ﷲ ދެނެވޮޑިގެންވޭ ހަދައިގެން ތިބި ދޮގު .ހުސްނުއްސުޢޫދު ގެ އަނގައިން ބުނީ ރައުދާއަށް މަރުގެ އިންޒާރު ފޮނުވި މީހަކީ ކެރަފާ ވަސީމާ މުހައްމަދު ކަމަށް. ކެރަފާ ވަސީމާއަކީ ރައީސް ޞާލިޙުގެ އަނބިކަނބަލުން ފަޒުނާގެ ދެބެންގެދެދަރި ދައްތަ. ރައުދާ ރައްޓެހިވެގެން އުޅުނީ ރައީސް ނަޝީދުގެ ބޮޑުބޭބެ ކެރަފާ އަބްދުލް ގަނީގެ ދަރި ކެރަފާ ސާހީ ގަނީއާ." ޑރ. އާތިފް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. އާތިފް ވިދާޅުވީ ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ "އޭ ޓު ޒެޑަށް" އެނގޭ ކަމަށް ރައުދާ ދިރިހުރިއިރު ބުނެފައިވާ ކަމަށެވެ.

"ރައުދާގެ ފުރާނައަށް ނުރައްކަލޭ. މަރު ކޮމިޝަނުން މިމަރު އޮޅުވާލުމަކީ މީ އަރަތެއް ނޫން . އުޑުމަތިން ބާވާލެއްވި ޤުރުއާން ގަންދީ ﷲ ހެކިކޮށް ބުނާ ވާހަކަމީ.ރައުދާ މަރުވި ގޮތް ހުސްނުއްސުއޫދު އޮޅުވާލާފައި އެއިނީ އެންމެ މަތީ ފަންޑިޔާރުގައި ސަދޫމް ކޯޓަށް އެތަން ނުވަނީތޯ މިއަދު" ޑރ. އާތިފް ވިދާޅުވިއެވެ.

ޑރ. އާތިފް އިތުރަށް ވިދާޅުވެފައި ވަނީ އޭނާ އަކީ ރައުދާގެ ބައްޕަ ކަމަށާއި އޭނާ މަރާ ވެސް ލެވިދާނެ ކަމަށެވެ. ނަމަވެސް ހަޤީޤަތް ނުފޮރުވޭނެ ކަމަށާއި އެކަންކުރަން ބަންގްލަދޭޝް އަށް ފޮނުވި ފުލުސް މުހައްމަދު ރިޔާޒަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހުންނެވީ އަލުން ފުލުހުންގެ ވަޒީފާދީ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު ކަމަށްވެސް ޕްރޮމޯޓް ކޮށްފައި ކަމަށެވެ.

"ﷲ ދެއްވި ހަމަބުއްދީގެ ބޭނުން ހިފާމީހަކު ބުނެދީބަލަ މީއަރަތެއްތޯ. ރައުދާއަކީ ތިޔައިން މީހެއްގެ ދަރިއެއް ނަމަ ބުނާނީ ކީކޭތޯ؟ ޑރ، އާތިފް އެޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

Ads by Ooredoo
  1. މައް ނޭނގެ ތިޔަށް ކިޔާނެ އެއްޗެއް. ޕިސް.ޕިސް…