ޚަބަރު ޝަރުޢީ ދާއިރާ

ރައުދާގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން ކޯޓުން އަންގައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައުދާ އާޠިފް

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދިވެހި މޮޑެލް ރައުދާގެ އާޠިފްގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން އެ ޤައުމުގެ ކޯޓަކުން އަންގައިފިއެވެ.

Ads by Hajj Corporation

އެ މައްސަލަ އަލުން ތަޙްޤީޤުކުރަން ބަންގްލަދޭޝްގެ ފުލުހުންނަށް އެންގީ އެ ޤައުމުގެ ރާޖްޝާހީ މެޓްރޯޕޮލިއަން މެޖިސްޓްރޭޓް ކޯޓުންކަމަށް އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނުކަމަށް ބުނަނީ 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރިތެރޭގައެވެ.

ރައުދާގެ މަރު ތަޙްޤީޤުކޮށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ރިޕޯޓުގައި އޭރު ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވެފައިވަނީ އަމިއްލައަކަށް ކަމަށެވެ. ސަބަބެއްކަމުގައި ފާހަގަކޮށްފައިވަނީ ރައުދާގެ ލޯބިވެރިޔާއާއި ދެމެދު ޖެހުނު މައްސަލަތަކެވެ.

ނަމަވެސް ރައުދާގެ ބައްޕަ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އެ ގޮތުން އޭނާ އަންނަނީ އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަކުރާރުކޮށް އެދެމުންނެވެ.

Ads by HDC
  1. އަބްދޫ

    ރައުދާ އަފްރާސީމް ރިޒްވާނު މިއީ އެކަކަށް ނިސްބަތްވާ 3 މަރަށް ވެދާނެބާ؟ހަމަ ގައިމުވެސް އަފްރާސީމް އެމީހެއްގެ ލަދިނީ ވާހަކަޔާ ފެބްރުއަރީ 7ވަނަ ދުވަހު ނަސީދުގެ ލޯ ކަނުވެފާހުރިވާހަކަ ވެސް އަފްރާސީމް ވިދާޅުވެފަ އޮތް ސޯސަލް މީޑިޔާގަ މިވީޑިއޯން ބައެއް މިހާރުވެސް ދައުރުކުރޭ. ރިޒްވާނަކީ މިނިވަންނޫހުގެ ނޫސްވެރިއެއް އެނޫހުގަ އޭނާކުރާ މަސައކަތްކީ ނަސީދުގެ ލާދިނީ ލިއުން ސާއިއުކުރުން.މިލިއުންތަކުންއެއްކިބާވެ ރިޒްވާނުގެ ބޮލުގާ އެޅުވީ ރިޒްވާނު ވަގަށް ނެގުމަށްފަހު އައިރިސްތައިމްގަ ވެސް އެލިއުން ހުރި ރިޒްވާނާއި ނަސިދުއާ ހިޔާލުތަފާތުވެގެން ކަމަށްވެދާނެ މިނިވަން ނޫސް ރިޒްވާނު ދޫކޮށްލާ އެއާޕޯޓް ވަޒީފާއަކަށް ވެންނެވި އެހާހިސާބުން ގެއްލިއްޖެ.