ޚަބަރު

އަލްހަމްދުލިﷲ! އިތުރު ފަސް މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު އިތުރު ފަސް މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 109 އަށް އަރާފައެވެ.

މިރޭގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1274 އަށް އަރާފަ އެވެ.

އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!