ޚަބަރު

ޒިންމާ އަދާނުކުރާ ކަމަށް ބުނެ މިނިސްޓަރު ނަހުލާ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަގާމުގެ ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

Ads by STELCO

ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއަށް ޖާބިރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ރަށްރަށަށް އަރާފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވައުދެއްކަމަށާއި، ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުންކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަން ތަޖުރިބާކުރެވިފައިވާކަމަށެވެ.

އަދި މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކޮށްފައިވާއިރު އެކަންވެސް ކުރަމުން އަންނަކަމަށާއި، އެ ކަންކަން ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ގަވައިދާއި އުސޫލުތައް ފުރިހަމަނުކުރުމުންކަމަށް ދެކޭކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ،

އެހެން ކަމުން އެކަންކަމުގައި މިނިސްޓަރު ނަހުލާ ޒިންމާއަދާކޮށްފައި ނުވާތީ އެކަމަނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޖާބިރު ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ޖާބިރު ވަނީ މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރު ކޮށް ސުވާލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!