ރާއްޖެއިން މިހާތަނަށް ކޮވިޑަށް 1274 މީހަކު ފައްސި ވެފައިވާއިރު، އޭގެތެރެއިން 109 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.
އެސްޓާސްގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ
އެސްޓާސްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެސްޓާސް އިން ބުނީ މުވައްޒަފަކު ފައްސިވުމާ ގުޅިގެން ހުރިހާ ޑިލެވިރީތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށާއި ޑެލިވަރީގެ މަސައްކަތް ދެން ފަށާނީ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށް ފަހު ކަމަށެވެ.
އެސްޓާސްގެ އިތުރުން އެހެން ޑެލިވަރީގެ ހިދުމަތް ދޭ ފިހާރަތަކުން ވެސް މުވައްޒަފުން ވަނީ ފައްސިވެފައެވެ. އެގޮތުން ދާދި ފަހުން ވީބީ ގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
Ads by Allied Insurance