ޚަބަރު

ކޮވިޑަށް ވެކްސިނެއް ލިބެންދެން މުޖުތަމައުގައި ބަލި އޮންނާނެ: ޑރ. މުރާދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ވެކްސިނެއް ލިބެންދެން މުޖުތަމައުގައި ބަލި އޮންނާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅު ވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ފައްސި ކޭސްތައް މި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށާއި އެކަމަކު ވެެކްސިނެއް ނުލިބޭހާ ހިނދަކު ވައިރަސް މުޖްތަމައު ތެރޭގައި ކޮންމެވެސް ވަރަކަށް ހުރުން އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ލޮކްޑައުން އިން ކަންތައްތަކެއް ލުއިކުރިޔަސް ބޭރަށް ދިއުން އެއީ އިޚްތިޔާރެއްގެ ގޮތުގައި ބެލުން މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް ކޮވިޑުން އަރއިގަތުމަށް ބޮޑު ކާމިޔާބެއް ލިބޭނީ އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

ޑރ. މުރާދު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ލުއިކުރާއިރު އެ ކޮންމެ މަރުހަލާއެއްގެ މަޢުލޫމާތުވެސް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.

އަދި މިހާރު ޢަމަލުކުރަމުންދާ ފުރަބަންދު އުވާލިނަމަވެސް ޕޮޒިޓިވްވާ ޢަދަދު މަތިވާނެކަމަށާއި، ނަމަވެސް ޕޮޒިޓިވްވާ ޢަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!