ރިސޯޓެއްގެ ނެރުމައްޗަށް އެރި ދޯންޏެއް ދިޔަވަނީ

ކ. ކަނޑޫމާ ރިސޯޓުގެ ނެރު މައްޗަށް ދޯންޏެއް އަރައި، އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލު ވިދާޅުވީ އެ ރިސޯޓުގެ ނެރުމައްޗަށް “ވީނަސް” ނަމަކަށް ކިޔާ ދޯންޏެއް އުރި، އެ ދޯނީގެ ބަނޑުފިލައިން މަޑުލެއް ނައްޓައިގެން ދިޔަވަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މި ދޯންޏަކީ ސަޕްލައި ދޯންޏެކެވެ. ދޯނި ދިޔަވިއިރު ދޯނީގައި ތިބީ 3 ދިވެހިންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 08:30 ގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އަދި މިހާރު ދޯނި ދިޔަވެފައިވާ ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓު ގާޑް އިން ހަރަކާތްތެރިވަމުން އަންނަ ކަމުގައި ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.