ދުނިޔެ

އިންޑިޔާ ފުލުހުންގެ ބަސް: ހިންދޫއެއް ކަމެއް ނޭނގެ، ހަމަލާދެވުނީ މުސްލިމެއް ކަމަށް ހީކޮށް

ދެން އެމްވީ ، ދެން އޮންލައިން

މީގެ ދެ މަސް ކުރިން އިންޑިއާ ފުލުހުން ދަނޑިބުރިން ތަޅައި ހަމަލާ ދިން މީހާއަށް ހަމަލާ ދެވުނީ އެއީ މުސްލިމެއްކަމަށް ހީކޮށް ކަމުގައި ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން ހަމަލާ ދީފައިވަނީ ވަކީލެއް ކަމުގައި އުމުރުން 32 އަހަރުގެ ދީޕަކް ބަންޑެލް އަށެވެ. އޭނާ ދިޔައީ މާދްޔާ ޕްރަދޭޝްގެ ހޮސްޕިޓަލަކށް ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި ފުލުހުން އޭނާއަށް ހަމަަލާދީފައިވަނީ އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތިއެވެ.

ބަންޑޭލް ބުނި ގޮތުގައި ފުލުހުން އޭނާއަށް އަށް ދިން ހަމަލާތަކުން ލިބުނު އަނިޔާތަކުގެ ސަބަބުން ލޭ މަނާވެފައިވަނީ ތިން ދުވަސް ފަހުންނެވެ. އަދި ފުލުހުން އޭނާއަށް ހަމަލާ ދިނުން ހުއްޓާލަާފައިވަނީ އޭނާއަކީ ވަކީލެއް ކަމާއި ކުރީގެ ނޫސްވެރިއެއް ކަން އެނގުމުންނެވެ.

ހާދިސާ ހިނގިތާ ދެ މަސް ފަހުން ފުލުހުން މި ވަނީ އޭނާގެ ކިބައިން މާފަށް އެދި އެ ކަން އެގޮތަށް ހިނގައިދިޔައީ ތުނބުޅި ލާފައި ހުރުމުން މުސްލިމެއް ކަމުގައި ހީކޮށް ބުނެފައެވެ. ފުލުހުން ބުންޑޭލް އަށް ގުޅައި ދެއްކި ވާހަކަތައް އޭނާ ވަނީ ރިކޯޑުކޮށް އާންމުކޮށްފައެވެ.

އެ ރެކޯޑިން ގައި ވާހަކަދެއްކީ ފުލުހުންގެ އިސް އޮފިޝަލެކެވެ. އޭނާ ވަނީ ބަންޑޭލް ބޭނުންނަމަ ހަމަލާ ދިން އޮފިސަރުން ވެސް މާފަށް އެދިދާނެ ކަމަށް ބުނެފައެވެ. އަދި ހަމަލާ ދިން ފުލުހުންނަކީ ހިންދޫ ބައެއް ކަމަށާއި އެގޮތަށް ހައްޔަރުކުރެވޭ ހުރިހާ މުސްލިމުންނާމެދު ކަންތައްކުރަނީ ވެސް ދަނޑިބުރީގެ ބާރުން ކަމުގައި އޮފިސަރު ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!