ދުނިޔެ

އިންޑިޔާ ހަމަ ތަފާތު: ވައިރަސް ގޮތަށް ހަދާފައިވާ ޑިސްއިންފެކްޓް ރިކްޝާތަކެއް މަގުތަކަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ތަފާތު ޤައުމެކެވެ. މިގޮތުން އިންޑިޔާއިން އަބަދުވެސް އަންނަނީ ތަފާތު ކަންކަން ކޮންމެ ދުވަހަކުވެސް ކުރަމުންނެވެ. އިއްޔެ އިންޑިޔާގެ މީޑިޔާތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ ވައިރަސް ތީމްއަށް ހަދާފައިވާ ޑިސް އިންފެކްޓް ކުރާ ވެހިކަލްތަކެކެވެ.

Ads by WAMCO

އިންޑިޔާގެ ޓަމިލް ނާޑޫގެ މަގުތައް ޑިންސްއިންފެކްޓް ކުރަން އެސަރަހައްދުގައި ދިިރިއުޅޭ މީހެއް އުފެއްދި މިވެހިކަލްއަކީ ތަފާތު ވެހިކަލެކެވެ. އޭނާ ބުނެފައިވަނީ މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެއްދި، ދުރުވިސްނުމެއްގެ އެއްޗެއް ކަމަށެވެ.

"މި ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެއްދި އުޅަނދެއް. މިއީ ހަމައެކަނި ނަމޫނާއެއް. މިއަށްވުރެ ފެންވަރު ރަނގަޅުވާނެ ދެން ހަދާ އުޅަނދު" ވައިރަސް ގޮތަށް ހަދާފައިވާ މި ރިކްޝާ އީޖާދު ކުރި ގޯތަމް ނަމަކަށް ކިޔާ މީހަކު ބުނެފައިވެއެވެ.

ޑިސްއިންފެކްޓް ކުރާ އުޅަދެއް، ވައިރަސްގެ ސިފަ ޖެއްސުމުގެ ބޭނުމާ ބެހޭ ގޮތުން ގޯތަމް ބުނީ، މީހުން އަދިވެސް ކޮރޯނާ ވައިރަސް ދެކެ ގަންނަން ޖެހޭ ވަރަށް ބިރު ނުގަންނަ ކަމަށެވެ. ނަމަވެސް މި އުޅަނދުގައި އެވާ ވައިރަސްފެނި، ބިރު ގަނެދާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ފެހި ކުލަ ލާފައިވާ މިރިކްޝާގައި 30 ލީޓަރ ޑިންސްއިންފެކްޓް ކުރާ ތަކެތި ރައްކާކުރެވޭނެ ކަމަށް ގޯތަމް ހާމަކުރެއެވެ. ގޯތަމްވަނީ މީގެ ދެދުވަހެއް ކުރިން ޓަމިލް ނާޑޫގެ 10 މަގެއް މި ވެހިިލަކް ބޭނުންކޮށްގެން ޑިސްއިންފެކްޓްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!