ޚަބަރު

މޯލްޑިވިއަން ގެ ކާގޯ އޮފީސް އެހެން ތަނަކަށް ބަދަލު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" ގެ ކާގޯ އޮފީސް ގްރޭޓާ މާލެ ބަސް ޓާމިނަލަށް ބަދަލު ކުރަން ނިންމައިފިއެވެ.

Ads by STELCO

މޯލްޑިވިއަން އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 19 އިން ފެށިގެން އެތަނުގެ ކާގޯ އޮފީހުގެ ޚިދުމަތް ލިބޭނީ ގްރޭޓާ މާލެ ބަސް ޓާމިނަލުން ކަމަށެވެ.

"މޯލްޑިވިއަން ކާގޯ" ގެ ޚިދުމަތަކީ މޯލްޑިވިއަން ގެ އެއާފްރެއިޓް ޑިވިޝަނެވެ. އެތަނުން ރާއްޖޭގައި ހުންނަ ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކާއި މާލެ އާއި ގުޅުވައިދެއެވެ.

ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރު ކޮށްދިނުމަށްޓަކައި މޯލްޑިވިއަން ކާގޯ އިން މިހާރު ވަނީ އެއާ ފްރައިޓްގެ ޚިދުމަތާއި ދޮރުން ދޮރަށް ޚިދުމަތްތައް ވެސް ގުޅުވާލާފައެވެ. މިޚިދުމަތް ލިބެން ހުންނަނީ މާލެ، ގަން ހުޅުދޫ މީދޫ އަދި ކައްދޫ ފޮނަދޫ މާންދޫ ގަން-މުކުރިމަގު ގަން- މަތިމަރަދޫ އަދި ގަން-ތުނޑި އިންނެވެ.

ބޮޑުތަކުރުފާނު މަގުގައި މިވަގުތު ހުރި "މޯލްޑިވިއަން ކާގޯ" އޮފީސް ހުޅުވިފައި ހުންނަ ގަޑިތައް ކޮވިޑްގެ ހާލަތާ ގުޅިގެން މިހަރު ވަނީ ބަދަލުވެފައެވެ. އެގޮތުން މިހާރު މޯލްޑިވިއަން ކާގޯ އޮފީސް ހުޅުވިފައި ހުންނަނީ ކޮންމެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9:30 ން 14:30 އަށެވެ. ކޮންމެ ހުކުރު ދުވަހެއް މިހާރު ބަންދެވެ.

މޯލްޑިވިއަން ގެ މާލޭ އޮފީހާއި އެއާޕޯޓު އޮފީހުން ވެސް ކާގޯ ނަގާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!