Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުފާވެރި ހަބަރެއް: ކޮވިޑް19 ޖެހޭތާ 11 ދުވަަސް ފަހުން ވައިރަހެއް ނުފެތުރޭ

ކޮވިޑް19 ޖެހޭތާ 11 ދުވަަސް ފަހުން ވައިރަސް އެމީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ނުފެތުރޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސިންގަޕޫރުގެ ނެޝަނަލް ސެންޓަ ފޯ އިންފެކްޝަސް ޑިޒީޒަސް (އެންސީއައިޑީ) އާއި އެކަޑަމީ އޮފް މެޑިސިން އިން ކުރި މި ދިރާސާ ގައި ދައްކާ ގޮތުގައި ވައިރަސް ޖެހޭތާ 11 ދުވަސް ފަހުން ވައިރަހަށް ފައްސިކަމަށް ޓެސްޓުތަކުން ދެއްކި ކަމުގައި ވިޔަސް އެމީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަހެއް ނުފެތުރޭނެއެވެ.

އެގޮތުން މި ދިރާސާގެ ރިޕޯޓަށް ގައިން ގަޔަށް އަރާ ބަލި ތަކާއި ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި 11 ދުވަސް ފަހުން ވައިރަސް އެމީހެއްގެ ގައިގައި ހުރިނަމަވެސް ވައިރަސް އައިސޮލޭޓެއް ނުކުރެވެއެވެ. އައިސޮލޭޓު ކުރުމަކީ އިތުރު އާޓިފިޝަލް ވަސީލަތެއް މެދުވެރިކޮށް ވައިރަސް އާލާކޮށް އާލާ ކުރެވޭ މިންވަރާއި ހުރި މިންވަރު ދެނެގަތުމެވެ.

Advertisement
HDC — Sidebar (box)

އަދި ވައިރަސް އެގޮތަށް އާލާ ނުކުރެވޭނަމަ އެހެން މީހުންގެ ގަޔަށް ވައިރަސް ޖެހުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނޯންނާނެ ކަމަށް ވެސް އެ ދިރާސާގެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މި ދިރާސާ ކޮށްފައިވަނީ ބަލި ޖެހިފައިތިބި 70 އަށް ވުރެ ގިނަ މީހުން ހިމަނައިގެން އެމީހުން ގައިގައި ވައިރަސް ހުރި މިންވަރު ދެނެގަނެ އަދި އެހެން މީހުންގެ ގަޔަށް ވައިެަސް ފެތުރުމުގައި ހުރި ގާބިލުކަމުގެ މިންވަރު ބަލައިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް