ޚަބަރު

މުސްލިމުންގެ ހައްގުތައް ދޫކޮށް، ރާއްޖެއިން މިހާރު އުޅެނީ އެހެން ގައުމުތައް ރުއްސަން:އާދަމް ޝަރީފް އުމަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

މުސްލިމުންގެ ހައްގުތަކަށް އަޅާލުމެއްނެތި ރާއްޖެއިން މުޅިން ވެސް މިހާރު މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ސަރުކާރުތައް ރުއްސުމަށް ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ޝްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެޤައުމުގައި ވަޅުނުލާ، ރާއްޖޭގައި ވަޅުލަން ގެނައުމާމެދު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން ގެންދާތީ އެކަމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ވާހަކަދައްކާ އެއް ގައުމު ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ނުފެންނަ ކަމަށެވެ.

“ރާއްޖެއިން ވަކާލާތުކުރަން ޖެހޭނީ ދުނިޔޭގައި މުސްލިމުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ބައިނަލްއަގުވާމީ ގޮތުން ހައްގު ހޯދައިދޭން. އެކަމަކު މިހާރު މަސައްކަތް ކުރާތަން ފެންނަނީ ސަރުކާރުތައް ރުއްސަން” އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިން އަންނަނީ ޚިޔާލު ފާޅުކުރަމުންނެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!