ޚަބަރު

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ރަސްމީކޮށް ހުށަހަޅާފައެއް ނެތް: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ރަސްމީކޮށް ހުށަހަޅާފައެއް ނެތް ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލީހުގެ އިދާރާއިން ބުނީ މާދަމާއިން ފެށިގެން ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ދާނީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މަޖިލީހުގެ ފަރާތުން އަދި މިހާތަނަށް އެސެންޓަރާ އެފަދަ އެއްވެސް މަޝްވަރާއެއް ރަސްމީކޮށް ކުރައްވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ހިތުން އެކަން ކުރައްވާނީ އެބޭފުޅުން ހަމަ މިކަމުގައި އޮންނަ ގަވައިދުތަކުގެގެ ތެރެއިން އެކަމާއި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ފަހުގައި. އަދި އެއްވެސް އޮފިޝަލް ކެޕޭސިޓީއެއްގައި އެކަހަލަ މުއާމަލާތެއް ކުރެވިފައެއް ނުވޭ" މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މަބްރޫކް ވަނީ އެ އިދާރާއިން އެންމެ ފަހުން ފޯނުން ގުޅާ އޮޅުންފިލުވާފައިވަނީ، ލޮކްޑައުން އުވާލަން ނިންމާފައިވާ ތާރީހާއި ގުޅޭގޮތުން ކަމަށާއި ޖަލްސާތައް ބޭއްވުމުގެ މަޝްވަރާއަކަށް މިހާތަނަށް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!