މާލޭގެ ކާފިއު އުވާލައިފި
ކޮވިޑް-19އާ ގުޅިގެން މާލޭގައި އޮތް ކާފިއު އުވާލައިފިއެވެ.
އެޗްޕީއޭ އިން ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް އޮތް ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.
”ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން،
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/59 (7 ނޮވެންބަރު 2020) އެންގުމުގެ 1 ވަނަ ނަންބަރު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން) ބާޠިލުކޮށްފީމެވެ.” އެޗްޕީއޭއިން މިރޭ ކުރި އިއުލާނުގައި ވިދާޅުވިއެވެ.
މި ފިޔަވަޅުތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/59 (7 ނޮވެންބަރު 2020) އެންގުމުގައި ބުނެފައިވާ
އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށް މާލޭގައި ކާފިއު އިއުލާނު ކޮށްފައި ވަނީ 12 މާރިޗު 2020 ގައެވެ.
ނަމަވެސް އޭރު އިއުލާނު ކުރި ކާފިއު އަށް ގިނަ ލުއިތަކެއް ދީފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.