ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ލާމު ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
“ދެން” އަށް މައުލޫމާތު ލިބުނު ގޮތުގައި ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އޭނާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުއެވެ.
އަނިޔާވި ދެވަނަ މީހާއަށް ވެސް އަންނަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ ލިންކް ރޯޑުން އެއް ކޮޅުން ދުއްވާފައިދިޔަ ދެ ސައިކަލު، އެއް ސައިކަލު ސިގްނަލް ނާޅާ އަޅަން އުޅުމުގެ ތެރޭގައެވެ.