ޚަބަރު

“ކޯލިޝަން ހިންގަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން”

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

މި ސަރުކާރު ގެނައި ކޯލިޝަން ހިންގަމުން އަންނަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޯމް މިނިސްޓަރު ޢިމްރާނު ޢަބްދުﷲގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމުގައި ބުނާ ފުލުހުންގެ ސިވިލް މުވައްޒަފެއް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ޢިމްރާނުގެ މައްސަލައެއް ފުލުހުންނަށް ތަހުގީގު ނުކުރެވޭނެ ކަމަށެވެ.

އަދި މައްސަލަ ބެލޭނީ ރައީސުލްޖުމްހޫރިއްޔާގެ އިޒުނައާއެކު ކަމުގައި ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމުގެ އިޒުނަ ރައީސް ދެއްވައިފިނަމަ ވެރިކަމަށް ވަޑައިގަތުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިން ހެއްދެވި "ފަންޑިތަ" ނުއަތަށް ޖަހާނެ ކަމަށެވެ.

“މަޖިލީހުން ނިންމާފައިއޮތީ އިމްރާންގެ އިތުބާރު އޮތް ކަމަށް. ކޯލިޝަނު ސަރުކާރު ހިންގަނީ “އަމާ ބުނީތީ ފަރަށްދާ އުސޫލުން”ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!