ޚަބަރު

މާލޭގެ ގެއަކުން ބާރުގަދަ އަޑުފަށްގަނޑަކާއެކު، ތަށިމުށިތައް ތަޅައިގެން ގޮސްފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭގެ ގެއަކުން ބާރުގަދަ އަޑުފަށްގަނޑަކާއެކު ގޭގެ ތަށިމުށިތައް ފަޅަފަޅައިގެން ދާތީ އެއީ ކިހިނެއްވެގެން ވާ ކަމެއްތޯ ބަލައިފިއެވެ. މި ހާދިސާއަކީ މީގެ ދެދުުވަހެއް ކުރިން ހިނގައި ދިޔަ ހާދިސާއެކެވެ. އަދި މިހާރު އެގޭގެ ތަށިމުށިތައް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by STELCO

ދެން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ މެދުގޭގެ އެންމެ މެދަށް ވީ ދިމާއިން އާދަޔާޚިލާފަށް ބާރު އަޑެއް އިވުމާއެކު ގޭގެ ތަށިމުށިތައް މައްޗަށް އެރީއެވެ. އަދި އެއަށް ފަހު މެދު ގޭގެ އެކި ހިސާބުތަކުން ހަމަ އެފަދަ ބާރު ގަދަ އަޑު ފަންގަނޑަކާއެކު ތަށިމުށިތައް ތަޅައިގެން ދާން ފެށީއެވެ. އެމީިހުން ދިރިއުޅެމުން ދިޔަ ފަންގިފިލާއަކީ އެ އިމާރާތުގެ 3 ވަނަ ފަންގިފިލާ ކަމުން 2 ވަނަ ފަންގިފިލާގައި އުޅޭ މީހުން ކުރެން އެފަދަ އެއްވެސް ކަމެއް ދިމާވިތޯ ސުވާލު ކުރިކަމަށް ވެސް ދެން އަށް މައުލޫމާތު ލިބެއެވެ.

އެހެން ނަމަވެސް އެ އިމާރާތުގެ 3 ވަނަ ފަންގިފިލާ ނޫން އެހެން އެއްވެސް ފަންގިފިލާއަކަށް ވެސް އެއްވެސް އެފަދަ ކަމެއް ދިމާ ވެފައި ނުވާ ކަމަށާއި އެކަމާމެދު އެގޭގައި އުޅޭ މީހުން ވަރަށް ކަންބޮޑުވި ކަމަށް ވެސް ބުންޏެވެ. ގޭގެ ވެރިމީހާ އަންނަން ދެން އެންމެން ވެސް ގޭގެ ކޮޓަރީގައި ތިބީކަމަށް ގޭގައި ދިރިއުޅޭ ބޭފުޅަކު ދެން އަށް ވަނީ މައުލޫމާތު ދީފައެވެ. ހަގީގަތުގައި ބާރުގަދަ އަޑުފަށްގަނޑަކީ ތަށިމުށިތައް ފަޅައިގެން ދިޔަ އަޑެވެ. އަދި ގޭގެ މީހުން ހީކުރީ ކޮންމެ ވެސް ބިރުވެރި ކަމެއް ވާން އުޅެނީ ކަމަށެވެ.

އެންމެ ފަހުން ހަގީގަތް ބެލުމަށްޓަކައި ގޭގެ ވެރިމީހާ ގެއަށް އައިސްފިއެވެ. ނަމަވެސް އަދިވެސް އެކަން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބެއް ގޭގެ ވެރިފަރާތަށް ވެސް އެނގިފައެއް ނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ކޮންކުރީޓުގެ މައްސަލައެކެވެ. އަދި އަނެއް ބައި މީހުން ބުނާ ގޮތުގައި އެއީ ވައި އަރައިގެން މުށިތައް ފުފިގެން އަރަމުން ދާތީ ވާގޮތެއް ކަމަށެވެ. މިކަމުގެ ހަގީގަތް މިއަދާހަމައަށް ވެސް އެގޭގެ އެއްވެސް މީހަކަށް އެނގިފައި ނުވާއިރު، ގޭގެ ހުރިހާ އެންމެން ވެސް ތިބެނީ އެކަމާ ކަންބޮޑުވެފައެވެ. އަދި މިހާރު އެގޭގެ ހަލާކުވެފައިވާ މުށިތައް ނަގާ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށި މިހާރު ވަނީ ނިމުމަކަށް ވެސް އައިސްފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ދިމާވާން މެދުވެރިވި މައިގަނޑު ސަބަބު ވަނީ އަދި އަދަށް ވެސް ނޭނގިފައެވެ.

  1. ރަދީފް

    މިކަމަށް ކިޔަނީ ”ޓައިލް ޕޮޕިންގ”. ޓައިލްސް ޖަހަން ތަޅުން އަޅާއިރު ރަނގަޅަށް ސާފު ނުކޮށް ތަޅުން އެޅީމަ ވެސް މިހެން ވެދާނެ.މީގެ ސަބަބުން ވައި އުފެދި އެވައި ޓައިލްސް ދަށުގް ބަންދުވެ ގިނަ ދުވަސް ވެ ބޭރުގެ ޓެމްޕަރޭޗާ (މޫސުމް ބަދަލުވުމުގެ ސަބަބުން އަންނަ ފިނި ހޫނުމިން) ގެ ސަބަބުން މިފަދަ ކަމެއް ހިނގާފާނެ.ޓައިލްސް ޖަހާއިރު ކެމިކަލް ސިމެންތި އަަޅައިގެން ޖަހަން ޖެހޭ ޓައިލްސް އާދައިގެ ސިމެންތި ބޭނުންކޮށްގެން ޖެހުން އެވެެސް ސަަބަބެއް.ކޮންސްޓްރަކްޝަން ޑިފެކްޓެއްގެ ސަބަބުން ހިނގާކަމެއް ތިޔައީ.ތީގަ ކުށްވެރިވަނީ ތަޅުން އެޅިމީހުން އަދި ޓައިލްސް ޖެހި މީހުން.މަގުމަތިން މީހުން ނަގައިގެން މާލޭގެ ގިނަ އިމާރާތްތައް މިހަދަނީ.އެހެންވީމަ ކޮލިޓީގެ މައްސަލަ ގިނަ އިމާރާތްތަކުން ފެނޭ.މިއީ އެފަދަ މަސައްކަތެއް.ވ.ވެދުން (ސްޓްރަކްޗަރަލް އިންޖިނިއަރ)

    • ރައްެޔިތުމީހާ

      ވަރަށް ބަރާބަރު ވާހަކައެއް އަދި މީއާކަމެއް ނޫން.

  2. ބްލާ ބްލާ

    މިއީ މިހާރު އާންމުކޮށް ވާ ކަމެއްތާ ދޯ އެހެންވީމަ؟

  3. އަލީ

    ރަނގަޅު / ހަގީޤަތަކީ މުށި ހަރުކޮށްފަ ހުރި ސިމެންތީ އާއި ސިމެންތީ ލާފަހުރި ބޯމިން އަދި މުށި ޖެހުމުގައި ކަންކުރަން ވާގޮތަށް ކަންކަން ނުކުރެވުން . ހުދު ތިމައްސަލަ އަޅުގަނޑާވެސް ދިމާވެފަހުރީ މާލޭގައި،

  4. މިގޭގައި ވެސް ހުކުރު ދުވަހު ހުކުރު ވަގުތު ހަމާތިޔާހެންވީ. ސިޓިންގރޫމްގެ މުށިތައް ޕައްކިޔާފައި މާއްޗަށްއެރީ ބިރުން ނޭނގެވިގޮތެއްވެަސް. ވަރާށް ހޫނު ދުންއަރާހެން ވެސް ހީވެ. ފަޔރ އަށް ގުޅައިގެން އައިސް އެމީހުން ބަލައިފައި ބުނީ ކެމިކަލު ނާޅާ ހަދާފާއި ހުންނާތީ ވާގޮތެކޭ. ދެރައީ އަދި ވެސް މިތަން ނުހެދޭތީ. ސަރުކާރު ތަނެއްވީމަ ލަސްވާނެތާދޯ؟

  5. ފާތުމަ

    އަގު ކުޑަކޮށް މާލޭ ގެދޮރު ވެރިން ތަނަކުން ފެންނަހާ މީހަކު ލައްވާ ކޮލިޓީ ދަށް އެއްޗިހި ބޭނުންކޮށްގެން އިމާރާތްތައް އެޅީމާ ވާ ގޮތް. ދެ ދުވަހުން އެއް ދުވަހު ކޮންމެސް އިމާރާތެއްގަ ވާ ކަމެއް ތީ. ދެން އަލުން އަނެއްކާ މުށި ޖަހަން ކުއްޔަށް ހިފާ މީހާ އުޅޭނެ ހާލު ވިސްނާ.

    • ޢައްޔަ

      ފާތުމާ މޮޅު މުށިޖަހާފައި ލަގްޒަރީ ފެންވަރައް އެޕާރޓްމެންޓް ހަދާފއި ކުއްޔަކައް ނުދެވޭނެ ހެޔޮއަގުގައެއް

  6. ސާބަސް

    ސިހުރުގެކަމަކާވައްތަރުގޮތްއެބައުޅޭ ރުގިޔާކުރުންބުއްދިވެރި

  7. ޙަމީ

    ތީ ފެން އުފެދުނީމަ ވާ ގޮތް 100% ޔަގީން….ކޮންމެވެސް ގޮތަކަށް ފެން ލީކު ވަނީ

  8. ބާޒީގަރު

    ނުވަންޔާ ބާޒީގަރާ ހަވާލްކުރޭ!!

  9. އަލީރާޖާ

    މުށި ޖަހާއިރު އެކްޕޭންޝަންއަށް ޖާގަނުދީ ޖަހައިފިނަމަ ފިނި ހޫނުމިނަށް އަންނަ ބަދަލަކުން ތަށިމުށިތައް ފަޅައިގެންގޮސް ނެއްޓިދާނެ.

  10. ހަޤީގަތް އެގުނީ މާފަހުން… ކިޔާ ނިމުނު އިރުވެސް ހަޤީގަތެއް ނޭންގުނު!