ވިޔަފާރި

ޕާސަނަލް ކޮމްޕިއުޓާސް އިން އެޑިއުކޭޝަން މިނިސްޓްރީއަށް 6 ލައްކަ ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލެޕްޓޮޕާއި ކޮމްޕިއުޓަރު ސާމާނު އަދި މިނޫން ވެސް އިލެކްޓްރޯނިކް ތަކެތި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ޕާސަނަލް ކޮމްޕިއުޓާސް (ޕީސީ) އިން، އެޑިއުކޭޝަން މިނިސްޓްރީ އަށް ހަ ލައްކަ ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފިއެވެ.

Ads by Hajj Corporation

ޕާސަނަލް ކޮމްޕިއުޓާސްއިން މައުލޫމާތުދޭ ގޮތުގައި މިއެހީ ފޯރު ކޮށްދީފައިވަނީ އެތަނުގެ ސީއެސްއާރް ޕްރޮޖެކްްޓުގެ ދަށުންނެވެ.

މި ތަކެތި ރަސްމީކޮށް ހަވާލު ކޮށްދެއްވާފައި ވަނީ މިއަދު އެމިނިސްޓްރީ ގައި އޮތް ހަފްލާއެއްގައެވެ.

ޕީސީގެ ފަރާތުން މިތަކެތި ހަވާލު ކޮށްދެއްވީ އެކުންފުނީގެ ސީއީސޯ މޫސާ އަސްވާން އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިތަކެއްޗާ ހަވާލުވެ ވަޑައިގަތީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ.

އެކުންފުނީގެ ފަރާތުން މިއަދު ހަދިޔާ ކޮށްދީފައި މިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފޭސް މާސްކާއި ކޮމްޕިއުޓަރާއި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އިލެކްޓްރޯނިކް ސާމާނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހިންގާ 214 ސްކޫލަކަށް ޕީސީ ގެ ފަރާތުން މިތަކެތި ފޯރުކޮށްދީފައިވެއެވެ.

އިޖުތިމާއީ މަންފާއަށް ޕީސީ އިން ދަނީ މިފަދަ އެހީތައް ވަމުންނެވެ. އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް މިނިސްޓްރީ އޮފް ހެލްތަށް ވެސް ޕީސީން ވަނީ ތަކެތި ހަދިޔާ ކޮށްފައެވެ.

ޖުމްލަ 50 މުވައްޒަފުންނާއެކު ހިންގަމުން އަންނަ ޕީސީ އަކީ ކަސްޓަމަރުންގެ ހިތްހަމަ ޖެހުމާއި ލޯބި ލިބިގެން ކުރިއަރަމުން އަންނަ ވިޔަފާރިއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!