ޚަބަރު

މަސްވެރި އާއިލާތައް ތަހައްމަލް ކުރަމުންދާ ނިކަމެތި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން: ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި މަސްވެރި އާއިލާތައް މިއަދު ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު ހިންގާ އެމްޑީޕީއިން ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިވެހި މަސްވެރިއެއްގެ އިހުސާސްތައް ކިޔައިދޭ ވީޑިއޯ އެއް ހިއްސާކުރައްވައި ޝިޔާމް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އަންނަނީ ރާއްޖެއަށް އާމްދަނީ ވަންނަ މަގުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިދިނުމަށް ރާއްޖެއިން ބޭރުގައި ފުޅާ ދާއިރާއެއްގެ މަޝްވަރާ ކުރަމުން ކަމަަށެވެ. މިއަދު މަސްވެރިން ތަހައްމަލު ކުރަމުންދާ ދަތި ހާލަތުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް ގޮވާލާ މަސްވެރިންތަކެއް އިއްޔެ ވަނީ ފެލިވަރުގައި އިހުތިޖާޖުކޮށްފައެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރުމަށް ކަމަށެވެ.

މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!