ޚަބަރު

މަސްވެރިންނަށް ދޫކުރާ ރުފިޔާ ޑޮލަރަށް ބަދަލުވާނެ: ބޮންޑާަ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަހުގެ ބާވަތްތައް އުފެއްދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި ސިޓީތަކަށް ދޭ ރުފިޔާ ޑޮލަރަށް ބަދަލުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

"މިފްކޯ އުވާލާ، ސަރުކާރުން މަސް ގަންނާނެ ކަމެއް ނެތް!" މި ހެޑްލައިންގެ ދަށުން ލިޔެފައިވާ ރިޕޯޓެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން ބޮންޑޭ ވިދާޅުވީ މަހުގެ ބާވަތްތައް އުފެއްދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި ސިޓީތަކަށް ލަސްނުކޮށް ޖަވާބުދޭން ޖެހޭ ކަމަށެވެ.

"މަހުގެ ބާވަތްތައް އުފެއްދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި ސިޓީތައް ލަސްނުކޮށް ޖަވާބުދީ އެކްސްޕޯޓުކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިމާއި ވަސީލަތާ މަސް ގަތުމަށް ބޭނުންވާ ދިވެހި ރުފިޔާ ވެސް ދޫކުރަންވީއެވެ.! ދޫކުރާ ރުފިޔާތައް ބަދަލު ވާނީ ޑޮލަރަށެވެ!" އެ ޓްވީޓްގައި ބުނެފައެވެ.

ބޮންޑާ ވަނީ މަސް އެކްސްޕޯޓުކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިމާއި ވަސީލަތްތަކާއި، މަސްގަތުމަށް ބޭނުންވާ ދިވެހި ރުފިޔާ ވެސް ދޫކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ތަރައްގީ ކުރުމަށް ދޫކުރާ ރުފިޔާ ޑޮލަރަށް ބަދަލު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑާ މިހެން ވިދާޅުވެފައި މިވަނީ މަސް ގަންނަ އަގު ސަރުކާރުން ދަށް ކުރުމުންނާއި މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ބޮޑުވުމުންނާއި އަދި އައިސް ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެ ސަބަބުން މަސްވެރިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

  1. މުޙައްމަދު

    ބޮންޑާ އެވިދާޅުވަނީ ވަރަށް ބޮޑުތެދެއް. އެއިރުން ދިވެހިރުފުޔާގެނަން ބަދަލުވާނީ ދިވެހި ޑޮލަރަށް. ދިވެހި ފަސްސަތޭކަ ޑޮލަރު ދިވެހި އެއްހާސް ޑޮލަރު ދިވެހި ބައި ޑޮލަރު. ދިވެހި ހޭދެބައި ޑޮލަރު. ހޭބަލިވިޔަސް މިއީ ބޮޑުވަރު.