ކަޕިލް ޝަރުމާގެ ޝޯގެ ޝޫޓިންގައި މަހުލޫފްގެ ދަރިފުޅު ލައިބާ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަންއެއް ކަމަށްވާ ކަޕިލް ޝަރުމާގެ “ދަ ކަޕިލް ޝޯ” ގެ ޝޫޓިންގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ ދަރިކަނބަލުން ލައިބާ އަޙްމަދު މަހްލޫފް، (އެލީ) ބައިވެރިވެއްޖެއެވެ.
މި ޝޯގެ ޝޫޓިން ގައި ލައިބާ ބައިވެރިވެފައި ވަނީ މިނިސްޓަރ މަހްލޫފްގެ އާއިލާ އިން އިންޑިއާގެ މުމްބާއީ ކުރަމުން އަންނަ ދަތުރުގެ ތެރެއިންނެވެ.
ޝޯގެ ޝޫޓިން އަށް ފަހު ލައިބާ ވަނީ ކަޕިލް އާ ބައްދަލުކޮށްފައެވެ.
ޓްވިޓާގައި ކަޕިލް އާއެކު އިން ވީޑިއޯ އެއް ހިއްސާކޮށް ލައިބާ ވަނީ “ކަޕިލް ޝޯވ" ގެ ޝޫޓިންގައި ބައިވެރިވެވުމަކީ ވަރަށް މަޖާ އަދި ތަފާތު ތަޖުރިބާއެެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކަޕިލް ގެ އިތުރުން މި ދަތުރުގައި ލައިބާ ވަނީ ލަވަކިޔުންތެރިޔާ ޝާން އާ ވެސް ބައްދަލުކޮށްފައެވެ.
އަނބިކަނބަލުން އަދި ދަރިފުޅާއެކު މިނިސްޓަރު މަހުލޫފް އިންޑިއާގެ މުމްބާއީއަށް ވަޑައިގެންފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.