ޚަބަރު

މި މަހު މިހާތަނަށް 69 ހާސް ފަތުރުވެރިން އަތުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ހިނގާ ޑިސެންބަރު މަސް ތެރޭގައި 69 ހާހަށް ވުރެ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 46،065 މީހުން ވަނީ އައިސްފައި ވެއެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިޓަލީން މިހާތަނަށް 45،645 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުންނެވެ.

ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހު ކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފާއިވާ މިންވަރަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!