ޚަބަރު

ކައިވެނި ޕާޓީން ފައްސިވި މީހުންގެ އަދަދު 38 އަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ހަފްލާގައި ބައިވެރިވި އިތުރު 3 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ. އެއާއެކު އެ ޕާޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38 އަށް އަރާފައެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ “ސީއެންއެމް” ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިތުރު 3 މީހަކު ފައްސިވެފައިވާކަން އެނގިފައި ވަނީ މިއަދުއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ރޭ ބުނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި މިކައިވެނި ހަފްލާ ތެރެއިން ކޮވިޑް-19 އަށް 35 މީހުން ފައްސިވެފައިވާ ކަމަށާއި މީގެތެރޭގައި ބައްޔަށް ހައިރިސްކު މީހުން ވެސް ހިމެނޭ ކަމަށެވެ. މިހަފްލާގައި ބަލީގެ އަލާމާތްތަކެއް ހުރި މީހުން ބައިވެރި ވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނީ، މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުން ގެންދާ ކަމަށެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

އޭގެ އިތުރުން އެޗްޕީއޭއިން ވަނީ މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅި ތިއްބެވި ފަރާތްތަކުން 1676 އަށް ގުޅާ ވީހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރެެއްވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭއަށް ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!