ޚަބަރު

އިއްޔެ އެކަނި ވެސް ރާއްޖެއަށް 6000 ވުރެ ގިނަ ފަތުރުވެރިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޯޑަރު ހުޅުވާލިފަހުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކަށް މިދިޔަ އާދިއްތަ ދުވަސްވެއްޖެއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ރާއްޖެއަށް 6000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި މިއީ މުޅިން އައު ރެކޯޑެއް ކަމަށެވެ.

ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންދާ އެއަރލައިންތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެެ.

މިނިސްޓަރު އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަސްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް 110 ދުވަހަށް ފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!