މާވަށު ރައްޔިތުން އެދުނު ފަދަ ޗާލު ބަނދަރެއް، އެމްޓީސީސީއަށް ސާބަސް

ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އިން ނިންމާލައިފިއެވެ.
މިދިޔަ އަހަރު އޮކްޓޫބަރުމަހު ތަރައްޤީކުރަން ފެށި މާވަށު ބަނދަރުގެ މަސައްކަތް ނިންމާލީ އިއްޔެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ބަނދަރަކީ ޖާގަ ތަނަވަސް، ބޮޑު ބަނދަރެކެވެ.
އެ މަޝްރޫއުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 55 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 9 އޮކްޓޯބަރު 2019 ގައެވެ.
ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެމްޓީސީސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫއު ފެށުމާއެކު އެމްޓީސީސީއިން ދިޔައީ މަސައްކަތް ކުރިޔަށް ދިޔަ މިންވަރު އާންމުންނާ ހިއްސާ ކުރަމުންނެވެ.
ތިޔައީ ކުރީސަރުކާރުން މާވަށު ރަށްޔިތުންނަށް ގެނެސްދެއްވި ފޮނިރަހަމީރުކަމެއް މީހަގީގަތް