ޚަބަރު

ރައީސަށް މަލާމަތް ނުކުރޭ، ކީރިތި ކުރައްވަފާނެ: ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް މަލާމާތް ނުކުރެއްވުމަށާއި އެހެން ނޫނީ ރައީސް ކީރިތި ކުރައްވަފާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އިކޮނޮމިކް ބޫމް އައިސްފި ކަމަށް ބުނެ ދައުލަތު މީޑިއާ ޕީއެސްއެމްއިން ލިޔެފައިވާ ރިޕޯޓަކަށް ފާޑުވިދާޅުވަމުންނެވެ.

ޝިޔާމް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ފަތުރުވެރިކަން އިޔާދަކުރަން ސަރުކާރުގެ ޕްރެކްޓިކަލް ސިޔާސަތެއް އަދި އެޅި ހަރުދަނާ ފިޔަވަޅެއް ވެސް ނެތް ކަމަށެވެ.

ފަތުރުވެރިކަން އިޔާދަކޮށްދެނީ އެ ސިނާތުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންނަ ހަރުދަނާ ގުޅުމުގެ ސަބަބުން ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

“ޕީއެސްއެމް އިން ތިވަރަށް ރައީސް ސޯލިހުއަށް މަލާމާތް ނުކުރައްވާ. ކީރިތި ކުރައްވަފާނެ” ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އަލުން ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި 15 ދުވަހުއެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ އަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!