ޚަބަރު

ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތައް ހިމެނޭ ސިޓީއެއް ޖެންޑާ މިނިސްޓްރީއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތައް ހިމެނޭ ސިޓީއެއް ލިިބިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by STELCO

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް ގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޖެންޑާ މިނިސްޓްރީއާ ހިއްސާ ކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސިޓީގައި އެ ދަރިވަަރުންނަށް ގަނާކުރުމާއި ފުރައްސާރަ ކުރި މައްސަލަތަކެއް ފާހަގަކޮށްފައިވާތީ އެ މައްސަލަތައް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ. ފްލައިން ސްކޫލް ގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމުގެ ޝަކުވާ ހިމެނޭ ސިޓީ މިނިސްޓްރީއަށް ލިބިފައި ވަނީ ހުސްވި ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ކަމަަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

މީގެ ކުރިން ވެސް އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އޭއޭއޭ ގައި ކިޔަވާ ދަރިވަރުންނާ މެދު އެސްކޫލުގެ މެނޭޖުމެންޓުން ކަންތައް ކުރާ ގޮތާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އެ ތަނުގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލުކުރުމާއި، މީގެ އިތުރުން ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރަމުން ދިޔުމާ ގުޅިގެން އެ ސްކޫލާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީންވެސް ވަނީ މީގެ ކުރިން ނިންމާފައެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ރާއްޖޭ ބޭރުގައި ފުރިހަމަ ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން އިން ވަނީ ވިދާޅުވެފައެވެ. އައްޑު ފްލައިން ސްކޫލާ ގުޅޭގޮތުން ފެންމަތިވެފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!