މަސްތުވާތަކެތި ނައްތާލާ މިންވަރު އިތުރުވީ ސަރުކާރުގެ މޮޅުކަމަކުން ނޫން، އިތުރުވީ ގެންނަ މިންވަރު: މޮސްޓާ

މަސްތުވާތަކެތި ނައްތާލާ މިންވަރު އިތުރުވީ މި ސަރުކާރުގެ މޮޅުކަމުން ނޫން ކަމަށް ރައްޔިތުންގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ސަންގުޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކޮށް، ނަޝީދު ވިދާޅުވީ ކުރިން އާންމުކޮށް އަތުލަމުންދިޔަ 13 ވަރަކަށް ކިލޯގެ މަސްތުވާތަކެތި މިހާރު 50 ކިލޯއިން 60 ކިލޯއަށް އިތުރު ވެގެންދިޔައީ މި ސަރުކާރުގެ މޮޅުކަމުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވީ، ރާއްޖެއަށް އެތަކެތި އެތެރެކުރަން ފަސޭހަވެ، އެތެރެވާ މިންވަރު ގިނަ ވުމުން ކަމަށެވެ.
ނަޝީދު ވަނީ ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ބަލާ މިންވަރަށް، ދީނަށް ފުރައްސާރަކޮށް އުޅޭ މީހުންގެ މައްސަލަތަައް ވެސް ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.