ކޮންޓްރޯލް ނުވެގެން ގޮސް މަޖިލީހުގެ ފާރަށް ކާރެއް އަރައިފި

ބާރު ދުވެއްޔެއްގައި ދުއްވައިފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ރައްޔިތުންގެ މަޖިލީހުގެ ފާރެއްގައި ޖެހި އެކްސިޑެންޓު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފާރެއްގައި ޖެހި ކާރެއް އެކްސިޑެންޓު ވެފައިވާ މައްސަލައެއް ފުލުހުންނަށް ލިބިފައިވަނީ މިއަދު ގާތްގަނޑަކަށް 12:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާ ލިބުމާ ގުޅިގެން މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓުގައި ކާރު ދެއްވަން އިން މީހާގެ އިތުރުން އެހެން މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.