ދުނިޔެ

އުފާވެރި ޚަބަރެއް! ވައިރަސް ގެ ބާރު ދެރަވެ، މީހުނަށް ޖެހޭލެއް ދަށް ވަނީ

ކޮރޯނާ ވައިރަހުގެ ބާރު ދެރަވަމުން އަންނަ ކަމުގައި ޕިޓްސްބާގް މެޑިކަލް ސެންޓަރުން ކުރި ދިރާސާ އަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން ވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ބުރާސްފަތި ދުވަހު އެ ސެންޓަރު އިސް އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެމެރިކާ ގައި ފުރަތަމަ ވައިރަސް ފެތުރެންފެށި އިރާއި އަޅާ ބަލާއިރު މިހާރު ވައިރަސް ޖެހޭ މީހުންގެ އަންނަނީ މަދުވެ. އަދި ވައިރަސް ގެ ބާރު ވެސް އަންނަނީ ދެރަވަމުންނެވެ. އަދި މިހާރު ކުރިއާ ހިލާފަށް އެހާ ފަސޭހައިން ވައިރަސް ނުޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ވައިރަސް އަންނަނީ ބަދަލުވަމުން" އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެ ސެންޓަރުން މާޗު މަހުން ފެށިގެން ވައިރަހުގެ 500 މީހުނަށް ފަރުވާ ދީފައިވާއިރު މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް އަންނަނީ މަދުވަމުންނެވެ. އަދި މިހާރު ވައިރަހަށް ފައްސިވަނީ ވެސް ޓެސްޓު ކުރާ ސާމްޕަލް ތަކުގެ 4 އިންސައްތަ މީހުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އިޓަލީގެ ޑޮކްޓަރުންވެސް ވަނީ ވައިރަހަށް ފައްސިވާ މީހުންގެ ގައިން މިހާރު ފެންނަނީ ވަރަށް މަދު އަދަދެއްގެ ވައިރަސް ކަން ވެސް ހާމަކޮށްފައެވެ.

އެގޮތުން އިޓަަލީގެ ސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސަރ އަލްބާޓޯ ޒަންގްރިއްލޯ ވަނީ މިހާރު މި ވައިރަސް 'ކްލިނިކަލީ' ނެތް ކަމަށް ބުނެފައެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯ އާއި އިތުރު ބައެއް ސައިންޓިސްޓުން ވެސް ވަނީ މިކަން ދޮގުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!