ޚަބަރު ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާ މިމަހު 13 ގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިމަހު 13 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ.

Ads by STELCO

ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައި ވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. އެޖެންޑާގައި ވަނީ އެ ޖަލްސާގައި އޮންނާނީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލްކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ކަމަށެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެއިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައެވެ.

ދައުރުން ބޭރުން ބާއްވަން މަސައްކަތް ކުރަމުންދާ ޖަލްސާ ބޭއްވުމަށް އެމްޑީޕީ ޕީޖީގެ ގިނަ މެމްބަރުން ވަނީ ތާއީދު ކުރައްވައި ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. އީސީން މިހާރު އަންނަނީ އޭޕްރީލް 3ގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ފެށޭ މާޗު މަހުގެ ހަ ވަނަ ދުވަހުއެވެ ނަމަވެސް ސިއްހީ ކުލިނުރައްކަލުގެ ހާލަތު ފެބުރުއަރީ ތިނެއްގެ ނިޔަލަށް އިތުރުކޮށްފައިވާތީ މާޗު މަހުގެ ތެރޭގައި އެ އިންތިހާބު  ނުބޭއްވޭނެ ކަމަށް އީސީން ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!