ދުނިޔެ

ކޮވިޑް19: މައްކާގައި މަސައްކަތް ކުރާ ޕާކިސްތާން ޑޮކްޓަރެއް ނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މައްކާގެ އަލްހިރާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޕާކިސްތާން ޑޮކްޓަރެއްކަމަށްވާ ޢުމުރުން 47 އަހަރުގެ ނަޢީމް ޚާލިދު ޗައުދަރީ ކޮވިޑް19 ޖެހިގެން ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މިއީ މައްކާގައި މިބަލީގައި ޑޮކްޓަރެއް ނިޔާވި ފުރަތަމަ ފަހަރެވެ.

ހިރާ ޖެނެރަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރަކަށް މަސައްކަތް ކުރައްވާ ނަޢީމް ނިޔާވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ އެ ހޮސްޕިޓަލްގެ އެންމެ އިޚްލާޞްތެރި ، އެންމެ ރަނގަޅު އެއް ޑޮކްޓަރު ކަމަށާއި ބަލިމީހުން ސަލާމަތްކޮށްދިނުމުގައި އިސްސަފުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ނިޔާވި ޑޮކްޓަރަކީ ޝަހީދެއް ކަމުގައި އެ ހޮސްޕިޓަލުން ދެކޭ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި މައްކާގައި އަލްޙުސައިނީ ކިޔާ ، ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ވެސް ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. ހަމައެހެންމެ ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ސޫދާންގެ ޑޮކްޓަރެއް ވެސް ވަނީ ހަމަ މި ބަލީގައި ނިޔާވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!