ދުނިޔެ

އަމިއްލަ ގޭގައި ވެސް ރައްކާތެރިކަމެއް ނެތް،އިންޑިއާ މީހަކު އޭނާގެ އުފަންދަރިފުޅު އެތައްފަހަރަކު ރޭޕްކޮށްފި ، ދަރިފުޅު އިނީ ބަލިވެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގައި 40 އަހަރުގެ ބައްޕައަކު އޭނާގެ 14 އަހަރުގެ އުފަންދަރި އެތައް ފަހަރެއްގެ މަތިން ރޭޕްކޮށްފިއެވެ. އަދި ޒުވާން ދަރިފުޅު މިހާރު އިނީ ބައްޕަގެ ދަރިއަކަށް ބަލިވެއެވެ.

Ads by Sosun Fihaara

މި ހާދިޘާ ފެންމަތިވެފައިވަނީ ޒުވާން ދަރިފުޅުގެ ބަނޑަށް ތަދުވެ ހޮޑުލަވަން ފެށުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. މަންމަ ދަރިފުޅު ގޮވައިގެން އެސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލަށް ގޮސް ޓެސްޓްތައް ހެދުމުން އެނގުނީ ދަރިފުޅު ބަލިވެ އިންކަމެވެ. ދަރިފުޅާއި ޙަވާލާދީ މަންމަ ބުނެފައިވަނީ ވޭތުވެދިޔަ ތިން މަސްދުވަހު ދަރިފުޅުގެ ބައްޕަ ، އެތައް ފަހަރެއްގެ މަތިން ދަރިފުޅު ރޭޕްކޮށްފައިވާ ކަމަށެވެ.

އިއްޔެ ފުލުހުން ވަނީ ޑްރައިވަރަކަށް މަސައްކަތްކުރާ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައެވެ.

މި ޙާދިޘާއާއި ގުޅިގެން ، މިފަދަ އެތައް ޙާދިޘާއެއް ހިނގާ އިންޑިއާގެ އިޖުތިމާޢީ މަސައްކަތްތެރިން ވަނީ އެމީހުންގެ ކަންބޮޑުވުމާއި ރުޅިވެރިކަން އިތުރުވެފައެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި އެފަދަ މީހަކު ބުނެފައިވަނީ ''ކުޑަމިނުން ދިރިއުޅޭ ގެ ވެސް ރައްކާތެރިއެއް ނޫން ، ބައްޕައާއި ދަރިފުޅުގެ ސާފު ގުޅުން މިފަދަ މީހުން ހަލާކު ކޮށްލައިފި'' ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ ''އެމީހާއަކީ ފުރޭތައެއް ، އަދަބު ދިނުމުގެ އިތުރުން މުޖުތަމަޢުތައް އިޞްލާޙް ކުރުމަކީ ވެސް މިދަނޑިވަޅު ކުރަން ޖެހިފައިވާ ކަމެއް" ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!