ދުނިޔެ

އެމެރިކާ މުޒާހަރާ: ފުލުހުން ކަން ކުރާ ގޮތުން ކޮވިޑް19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރު

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާ ފުލުހުން ތަކެއް ކަޅު ނަސްލުގެ މީހެއް ކަމަށް ވާ ޖޯޖް ފްލޮއިޑް މަރާލުމާއި ގުޅިގެން އެމެރިކާ ގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށް ދާ މުޒާހަރާ ތަކުގައި ފުލުހުންގެ ސަބަބުން ކޮރޯނާ ވައިރަސް އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އެމެރިކާ ގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެ ސެންޓަރު ގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި މުޒާހަރާ ގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުން ކުރަމުން އަންނަ ގޭސް ތަކަކީ އޭގެ ސަބަބުން ކެއްސުން ކުރިމަތިވެދާނެ ގޭސްތަކެއް ކަމަށެެވެ. އަދި މި ފަދަ މީހުން ގިނަ ތަނެއްގައި ކެއްސުން ގިނަ ވުމުން އެއީ ވައިރަސް ފެތުރުމަށް ހުޅުވިގެންދާ ދޮރެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

އޭނާ ވަނީ މި މައްސަލަ ވައިޓް ހައުސް ގެ ޓާސްކްފޯސް ގެ ސަމާލުކަމަށް ވެސް ގެންނާނެ ކަމަށް ބުނެފައެވެ.

ވައިޓް ހައުސް ބޭރުގައި އަދި އެހެން ހިސާބުތަކުގައި ކުރިއަށް ދާ މުޒާހަރާ ތަކުގައި ވެސް ފުލުހުން އަންނަނީ ޕެޕާ ސްޕްރޭ އާއި ޕެޕާ ބޯލްސް ގެ ބޭނުން ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!