ދުނިޔެ

އިންޑިއާ ގެ ބިރުވެރިކަން އިތުރުވަނީ، ކޮވިޑް ޖެހޭ މީހުނަށް ޑެންގޫ ވެސް ޖެހެނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގެ ހޮސްޕިޓަލުތަކުގައި ކޮވިޑް19 ޖެހޭ މީހުނަށް ޑެންގޫ ޖެހޭ މައްސަލަތައް އިތުރުވާން ފަށައިފިއެވެ. ޑޮކްޓަރުން ލަފާ ކުރާ މިއީ ވިއްސާރަ މޫސުމަށް ވެފައި އަދި ކުރިއަށް އޮތްތާ ގައި ޑެންގޫ ގެ މައްސަލަ ތައް އިތުރުވެގެންދާނެއެވެ.

Ads by WAMCO

ކޮވިޑް19 ގެ އިތުރުން ޑެންގޫ އަކީ ވެސް ފުރާނަ އަށް ނުރައްކާ ވާވަރުގެ ބައްޔެކެވެ.

މީގެ އިތުރުން ޑެންގޫ ޖެހިގެން ހޮސްޕިޓަލަށް ދައްކާ ބައެއް މީހުން ވެސް ކޮވިޑަށް ފައްސިވަމުން އަންނަ ކަމުގައި ޓައިމްސް އޮފް އިންޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ކޭސްތައް އެންމެ ގިނައީ މުމްބާއީ ސިޓީގައި ކަން ވެސް ފާޙަގަކޮށްފައިވެއެވެ.

އިންޑިއާ އިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 236,954 އަށް އަރާފައެވެ. އެއާއެކު އިންޑިއާ މިހާރު އޮތީ މުޅި ދުނިޔެއިން ވެސް ހަ ވަނަ އަށް އެންމެ ގިނަ ،މީހުނަށް ބަލި ޖެހުނު ގައުމުގެ ގޮތުގައެވެ. މިހާތަނަށް 6,649 މީހަކު ވަނީ އިންޑިއާ ގައި ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!