ދުނިޔެ

ކޮރޯނާ ވައިރަސް ފޮތީގައި ޖެހުމުން ވައިރަސް މަރާލާ ފޮއްޗެއް އުފައްދައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް މާ ކައިރިވުމުން ނުވަތަ ޖެހުމުން ވައިރަސް މަރާލާ ފޮއްޗެއް ޖަޕާނުން އުފައްދައިފިއެވެ.

Ads by Sosun Fihaara

އެ ފޮތީގެ ޕާޓިކަލްސް ގެ މޫވްމެންޓް އިން ކުޑަ ކަރަންޓު ކޮޅެއް އުފެދޭއިރު، އޭގެ ބާރުގައި ކޮރޯނާ ވައިރަސް އަދި އެހެނިހެން ބެކްޓީރިއާތައް މަރާލުމުގެ ބާރު އެ ފޮއްޗަށް ލިބިގެންވާނެ ކަމުގައި ޖަޕާނުން ބުނެފައިވެއެވެ.

ފޮތިން އުފައްދާ ކަރަންޓު ގެ ވޯލްޓޭޖު ކުޑަ ވުމާއެކު އޭގެ ސަބަބުން އެ ލާ މީހާއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

މިހާރު މި ފޮތީގެ މަސައްކަތް މުޅިން ހެން ނިމިފައިވާއިރު ކުރަމުން އަންނަނީ ފޮތީގައި ނުބައި ވަސް ހަރުނުލާ ހެދުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިމުމާއެކު ޖަޕާނުން އެންމެ އިސްކަމެއް ދޭނީ މި ފޮތި ބޭނުންކޮށްގެން، ފޭސް މާސްކު ފަދަ ޕްރޮޓެކްޓިވް ގިއަރު އުފެއްދުމަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މި ފޮތި އުފައްދާފައިވަނީ ޖަޕާނުގެ އިލެކްޓްރޯނިކްސް ކުންފުނިތަކެއް ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!